ރާއްޖެ

ހުޅުމާލޭގައި ބަންގްލަދޭޝް މީހަކަށް ހަމަލާދީ މަރާލައިފި

16/04/2022

ޒައިން ރަޝީދު


ޝެއަރ

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓުގެ ކައްކާ ބަންގްލަދޭޝް މީހަކަށް ހަމަލާދީ މަރާލައިފިއެވެ.

ޕާކިސްތާނު ކައްކާ ހަމަލާދީ މަރާލީ ރެސްޓޯރަންޓައި ވެއިޓަރަކަށް އުޅޭ އެމްޑީ ޝަމީމަށެެވެ. ޕާކިސްތާނުގެ މުހައްމަދު އާބިދު ބަންގްލަދޭޝްގެ ޝަމީމްއަށް ހަމަލާދިނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ހަމަލާއަށްފަހު މުހައްމަދު އާބިދު ވަނީ ފިލާފަ އަދި އޭނާ ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނަށް އެންގުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ހިޔާލު


ގުޅުންހުރި