ރާއްޖެސަރުކާރު

ޖިންސީ އަނިޔާގެ ތުހުމަތުގައި ހައްޔަރުކުރި އާމިންދައްތަ މިނިވަންކޮށްފި

21/04/2022

ޒައިން ރަޝީދު


ޝެއަރ

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިންދައްތަ މިނިވަންކޮށްފިއެވެ.

ޕީޖީ އޮފީހުން ވަނީ ހެކިނެތް ކަމަށް ބުނެ ދައުވާވެސް ނުކުރަން ނިންމާފައެވެ. 59 އަހަރުގެ އާމިންދައްތަ ހައްޔަރުކުރީ މީގެ 23 ދުވަސް ކުރިންނެވެ.

އޭނާގެ އާއިލާއިން ތުހުމަތު ކުރަނީ އޭނާ ފްރޭމް ކުރީ ކުއްޖާއަށް ޖިންސީ ގޯނާކުރި ކުއްޖާގެ ކާފަ ސަލާމަތްކުރަން ކަމަށެވެ. މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވޭ އެހެން މީހަކާ ދެކޮޅަށް ހެކި ނެތްކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު


ގުޅުންހުރި