ރާއްޖެ

ފޯކައިދޫ މީހުންނަށް ނައިފަރު މީހުން އެހީވެ ދެއްކީ ރިވެތި މިސާލެއް

07/05/2022

ޒައިން ރަޝީދު


ޝެއަރ

ހާލުގައި ޖެހުނު ފޯކައިދޫ ބޯޓުން ދަތުރުކުރި މީހުންނަށް ނައިފަރު މީހުން އެހީވެ ދެއްކީ ރިވެތި މިސާލެކެވެ.

ފޯކައިދޫ ބޯޓު ފަރަށްއަރާ 150 މީހުން ހާލުގައި ޖެހުނީ ރޭގެ ވަގުތެއްގައެވެ. ސިފައިންގެ އެހީތެރިކަމާއެކު މީހުން ބޯޓުން ބޭލުމަށްފަހު ގެންދިޔައީ ނައިފަރަށެވެ. ނައިފަރަށް މީހުން ގެންދިޔައިރު އެރަށު ރައްޔިތުން ތިބީ ބަނދަރުމަތީ ގޮނޑިޖަހާ ސައި ތައްޔާރު ކޮށްގެނެވެ. އަދި އެރަށު މީހުން ވަނީ ނައިފަރަށް ގެންދިޔަ މީހުންނަށް ގެތަކުގައި ނިދޭނެ ގޮތްވެސް ހަމަޖައްސާފައެވެ.

ސިފައިންނާއި ރައްޔިތުންގެ އެހީއާއެކު ބޯޓު ފުންކޮށް ރޭ މެންދަމު 3 ޖެހިއިރު ބޯޑުވަނީ މާލެއަށް ފުރާފައެވެ.

ހިޔާލު


ގުޅުންހުރި