ރާއްޖެސަރުކާރު

ޕީއެސްއެމްއަށް ތުހުމަތު ކުރާ 100 މިލިއަންގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުން ބަލަނީ

07/06/2022

ޒައިން ރަޝީދު


ޝެއަރ

ޕީއެސްއެމްއަށް ތުހުމަތު ކުރާ 100 މިލިއަންގެ ޚިޔާނާތުގެ މައްސަލަ މަޖިލީހުން ބަލަން ނިންމައިފިއެވެ.

އެސްއޯއީ ކޮމިޓީން ވަނީ އެ މައްސަލައިގެ ލިޔުންތައް ފޮނުވުމަށް ޕީއެސްއެމަށް އަންގާފައެވެ. ޕީއެސްއެމް އިން ވަނީ މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އިންޓާނަލް އޮޑިޓް ޔުނިޓުވެސް އުވާލާފައެވެ. ޗީފް އިންޓާނަލް އޮޑިޓަރ އަހުމަދު ފަޒީލް ވިދާޅުވީ އުވާލީ 100 މިލިއަންގެ ހިޔާނާތް ފޮރުވަން ކަމަށެވެ.

އޮޑިޓް ޔުނިޓުން ވަނީ އެތަނުގެ ގިނަ ވެރިން ހިންގި ކަމަށް ތުހުމަތުކުރާ ބޮޑެތި ހިޔާނާތް ހާމަކޮށްފައެވެ. ނަމަވެސް މެނޭޖްމަންޓުން ވަނީ އެމީހުންނަށް ފިޔަވަޅު އެޅުމަށް ދެކޮޅު ހަދާފައެވެ.

ހިޔާލު


ގުޅުންހުރި