ރާއްޖެސަރުކާރު
އެމްޑަބްލިއުއެސްސީ އިން ފަލަސްތީން ފަންޑަށް އެއް ލައްކަ ރުފިޔާ
12/06/2024
ޒައިން ރަޝީދު
ޝެއަރ
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަލަސްތީން ފަންޑަށް 1 ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ ޓެލެތޯން މިރޭ 12:00 އާ ހަމަށް ކުރިއަށް ދާނެއެވެ. ޕީއެސްއެމް އިން އިސްނަގައިގެން ކުރިއަށް ގެންދާ ޓެލެތޯން މިއަދު ފައްޓަވާ ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނާއި އެކު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ދައުލަތުގެ އިސް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވެރިވި ފަންޑަށް ފައިސާ ހަދިޔާ ކުރެއްވިއެވެ.
ފަލަސްތީން ފަންޑަށް އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ ފަރާތުން 1 ލައްކަ ރުފިޔާ ހަދިޔާ ކޮށްފައިވާއިރު, އެކުންފުނިން މީގެ ކުރިންވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެމްޑަބްލިއުއެސްސީގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކުން، ތެލެތޯން މެދުވެރިކޮށް ފަލަސްތީނަށް އެހީވުމުގެ ފަންޑަށް ވަނީ ފައިސާ ހަދިޔަކޮށްފަ އެވެ.
ފަންޑަށް ފައިސާ ހަދިޔާކުރުމަށް މާލޭގެ އެކި ސަރަހައްދު ތަކުގައި ފަންޑު ފޮށި ބަހަައްޓާފައިވާއިރު, އޮންލައިންކޮށް ފަސޭހަކަމާއެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް 2 އެކައުންޓެއްވަނީ ހުޅުވާފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.
ހިޔާލު
ގުޅުންހުރި