ދުނިޔެ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ގަޔަށް ބަޑިޖަހާ އޭނާ އަވަހާރަކޮށްލައިފި

08/07/2022

ޒައިން ރަޝީދު


ޝެއަރ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ގަޔަށް ބަޑިޖަހާ އޭނާ އަވަހާރަކޮށްލައިފިއެވެ.

އަބޭގެ ގަޔަށް ބަޑިޖެހީ ނަރާ ސިޓީގައި އޮތް ސިޔާސީ ހަރަކާތެއްގައި ވާހަކަދައްކަވަމުން ދަނިކޮށެވެ. އަވަހާރަވީ ބަޑީގެ ހަމަލާއަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް ޖަޕާން މީޑިއާއިން ބުންޏެވެ. 67 އަހަރުގެ ޝިންޒޯ އަބޭ އަކީ ޖަޕާނުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެެވެ.

އަބޭ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވަނީ ހިތާމަފާޅު ކުރައްވާ ތައުޒިޔާ ވިދާޅުވެފައެވެ.

ހިޔާލު


ގުޅުންހުރި