ރާއްޖެސަރުކާރު
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް އަޙްމަދު މަޚްލޫފް
04/12/2025
ޒައިން ރަޝީދު

ޝެއަރ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މަހްލޫފްއަކީ ކުރީ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ ވަނީ އެމްޑީޕީން ވަކިވެ ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.
ހިޔާލު
ގުޅުންހުރި