ކުޅިވަރުރާއްޖޭގެ ކުޅިވަރު

ބޯކޮށް ވާރޭވެހި ވައިޖެހުމުގެ ސަބަބުން ބޮޑީބިލްޑިންގ މުބާރާތުގެ ލައިވް އިކިއުޕްމަންޓްތަކަށް ގެއްލުން ވެއްޖެ

17/07/2022

ޒައިން ރަޝީދު


ޝެއަރ

ބޯކޮށް ވާރޭވެހި ވައިޖެހުމުގެ ސަބަބުން ބޮޑީބިލްޑިންގ މުބާރާތުގެ ލައިވް އިކިއުޕްމަންޓްތަކަށް ގެއްލުން ވެއްޖެއެވެ.

މުބާރާތުގެ އިވެންޓުތައް ފެށެން ގާތްވެފައިވަނިކޮށް ބޯކޮށް ވާރޭވެރި ސްޓޭޖަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އިކުއިޕްމަންޓްތަކަށް ގެއްލުވުމުން ހަވީރާއި މިރޭގެ ބައި ވެބްކާސްޓެއްވެސް ނުކުރެވުނުކަމަށް ތައި ޓީވީން ބުންޏެވެ.

ހަވީރާއި މިރޭގެ އިވެންޓުތައް އެންމެ ފަހުން ކުރިއަށް ގެންދިޔައީ ސްކޫލް ހޯލުގައެވެ. މި މުބާރާތުގައި އެކި ގައުމުތަކުން އަންހެން އެތްލީޓުން ނާއެކު 500 އަށްވުރެ ގިނަ ބޮޑީބިލްޑަރުން ބައިވެރިވެއެވެ.

ހިޔާލު


ގުޅުންހުރި