ރާއްޖެސަރުކާރު

ޖޭޕީގެ ސައުދުالله ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ނައިބަކަށް

07/09/2022

ޒައިން ރަޝީދު

ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ނައިބަކަށް ހަމަޖެއްސި ސައުދުالله


ޝެއަރ

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސައުދުالله އަހުމަދު ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ނައިބަކަށް ހަމަޖައްސައިފިއެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުގެ ނައިބުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ އަދާކުރީ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުގެ މަގާމެވެ. އަދި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ ޗެއާމަންކަން ކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ސައުދުالله އާއެކު މިހާރުވެސް ހަތަރު ނައިބުން ތިއްބަވައެވެ. އަދި ދެ ސްޓޭޓް މިނިސްޓަރުން ތިބަވައެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަނގު އަނބިކަނބަލުންނެވެ.

ހިޔާލު


ގުޅުންހުރި