ދުނިޔެ

އިނގިރޭސި ރާނީ އެލިޒަބަތް ދެ ވަނަ އަވަހާރަވެއްޖެ

08/09/2022

ޒައިން ރަޝީދު


ޝެއަރ

އިނގިރޭސި ރާނީ އެލިޒަބަތް 2 ވަނަ އަވަހާރަވިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ރަނިކަންކުރެއްވި ކުއީން އެލިޒަބަތް 2 ވަނަ އަވަހާރަވީ މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށް ބަކިންހަމްޕެލެސްއިން ހާމަކުރެއެވެ. 96 އަހަރުގައި އެކަމަނާ އަވަހާރަވިއިރު އެމަނާގެ ރަނިކަމަށް 70 އަހަރުފުރުން މިދިޔަ ޖޫން މަހުގައި ވަނީ ފަހަގަކޮށްފައެވެ.

ރާނީގެ ސިއްހީ ހާލުކޮލު ދެރަވުމާއެކު ޝާހީ އާއިލާގެ ބޭފުޅުންވަނީ ރާނީ އެލިޒަބަތް ހުންނެވި ސްކޮޓްލޭންޑްގެ ބެލްމޯރަލްއަށް ވަޑައިގެންފައެވެ. ރާނީ އަވަހާރަވިކަން ރަސްމީކޮށް އިއުލާންކުރީ އާއިލާގެ ބޭފުޅުން ބެލްމޯރަލްއަށް ވަޑައިގަތުމަށްފަހުގައެވެ.

ރާނީ އެލިޒަބަތް އަވަހާރަވުމާ ގުޅިގެން ޕްރިންސް ޗާލްސް ރަސްކަމަށް އިސްކޮށްފައިވާ ކަމަށް ބީބީސީން ބުނެއެވެ. އަދި މިއަދުން ފެށިގެން ޗާލްސްއަކީ ރަސްގެފާނު ޗާލްސް ކަމަށާއި އެމަނިކުފާނާއި އަނބިކަނބަލުން މާދަމާ އެނބުރި ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ.

ހިޔާލު


ގުޅުންހުރި