ކުޅިވަރުރާއްޖޭގެ ކުޅިވަރު

ހިޔާ ސަރަހައްދުގައި ވަގުތީ ހޭންޑް ބޯލް ކޯޓެއް އަޅަނީ

01/10/2022

ޒައިން ރަޝީދު


ޝެއަރ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެފައިވާ ހިޔާ ސަރަހައްދުގައި ވަގުތީ ހޭޑް ބޯލް ކޯޓެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތުގެ ދަށުން އަޅަން ފެށި ވަގުތީ ހޭޑް ބޯލް ކޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތް ކުރަނީ އެޗްޑީސީގެ މުވައްޒަފުންނެވެ. އަދި މިކަމަށް ޚަރަދު ކުރަނީވެސް އެޗްޑީސީންނެވެ.

ވަގުތީ ހޭންޑް ބޯލް ކޯޓު އަޅަނީ ހިޔާ ސަރަހައްދުގެ ރައްޔިތުންނަށް މިހާރުން މިހާރަށްވެސް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ. ހިޔާ ސަރަހައްދުގައި ގާއިމްކުރާ ދާއިމީ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ހޭންޑް ބޯލް ކޯޓާއި ފުޓްބޯޅަ އަދި ވޮލީ ކޯޓު ހިމެނެއެވެ.

ދާއިމީ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާލު


ގުޅުންހުރި