ވިޔަފާރި

ބީއެމްއެލްގެ ސީއީއޯ އަކަށް ދެކުނު އެފްރިކާގެ ކާލް ސުޓުމްކަ

11/10/2022

ޒައިން ރަޝީދު


ޝެއަރ

ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ)ގެ މަގާމަށް ދެކުނު އެފްރިކާ މީހަކު މިއަދު ހަމަޖައްސަފިއެވެ.

ބީއެމްއެލްގެ ބޯޑުން, ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަނުކުރީ ދެނުކު އެފްރިކާގެ ކާލް ސުޓުމްކަ އެވެ. ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކާލް އަކީ ބޭންކިންގެ ދާއިރާގައި 36 އަހަރުގެ މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށެވެ.

އެގޮތުން އޭނާ ދެކުނު އެފްރިކާއާއި ކުވެއިތު އަދި ސީޝެލްސްގެ ބޭންކު ތަކުގައި މަސައްކަތް ކޮށްފައިވާކަމަށް ބީއެމްއެލް އިން ބުނެއެވެ.

ކާލް ސުޓުމްކަގެ ކުރިން ސީއީއޯގެ މަގާމް އަދާކުރީ އިނގިރޭސިވިލާތުގެ ޓިމް ސޯޔާއެވެ. ޓިމް މަގާމުން އިސްތިއުފާ ދެއްވީ މިިދިޔަ މަހުގައެވެ.

ނަމަވެސް މިއަހަރު ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވަނީ ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރީ ރަނގަޅަށް ނޫންކަމަށް ވިދާޅުވެ, ކުރިއަށް އޮތީ އިގްތިސާދީ ގޮތުުން ދަތި ދުވަސްތަކެއްކަން ފާހަގަކުރައްވާފައެވެ.

ޓިމްގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުން އޭނާގެ ކޮންޓްރެކްޓް އާ ކުރަން ބޭނުން ނުވާކަމަށް ބުނެ އަޑު ފެތުރިފައިވަނިކޮށް, މަގާމުން އިސްތިއުފާ ދެއްވާނެކަން އޭނާ ހާމަކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި