ރާއްޖެސަރުކާރު

ސްޓެލްކޯއަށް ހާއްސަ ހައުސިންގ ސްކީމެއް އަދި ދެ ދަރިވަރަކަށް ސްކޮލާޝިޕް ދެނީ

20/12/2022

ޒައިން ރަޝީދު


ޝެއަރ

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވާ ސްކީމެއް ތައާރަފްކުރަން ނިންމައިފިއެވެ.

ކަރަންޓުގެ ހިދުމަތަށް 73 އަހަރުފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ކޮށްގެން, ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވާ ސްކީމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މި ސްކީމްގެ ދަށުން ކުންފުނިން ދޫކުރި ފެލްޓް ނުލިބޭ މުވައްޒަފުންނަށްވެސް, ބޯހިޔާވަހިކަން ފޯރުކޮށްދޭ އެހެން ފަރާތްތަކުން ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިވެގެން ދާނެއެވެ.

އެގޮތުން މި ސްކީމް ތައާރަފް ކުރުމުން މިހާރު ފެލެޓް ނުލިބިތި މުވައްޒަފުންނަށްވެސް އެހެން ފަރާތްތަކުން ބޯހިޔާވަހިކަން ހޯދުމަށް އެހީތެެރިވާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެެވެ.

"ސްޓެލްކޯގެ މިހިދުމަތުގައި ބާކީ ތިއްބެވި ސްޓާފުންނަށްވެސް ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވުމުގެ ސްކީމެއް ތައާރަފްކުރަން އެބަ ރާވަން" ޝަރީފް ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ހޯދުމަށް އެހީތެރިވާ ސްކީމްގެ އިތުރުން މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ސްކޮލާޝިޕް ދިނުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ސްކޮލާޝިޕް ދިނުމުގެ ބޭނުމަކީ ޒުވާނުން ހުނަރުވެރި ހިދުމަތްތެރި ޒުވާނުން ދާއިރާއަށް އިތުރުކުރުން ކަމަށެވެ. އަދި މިހާރުވެސް ޒުވާން ހިިދުމަތްތެރި އިންޖިނިއަރުން ގެ ޓީމެއް ބިނާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި