ވިޔަފާރި

ބީއެމްއެލްގެ ސީއީއޯ ކާލް، އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފި

21/12/2022

ޒައިން ރަޝީދު


ޝެއަރ

މިދިޔަ އޮކްޓޫބަރު މަހު ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަނުކުރި ދެކުނު އެފްރިކާގެ ކާލް ސްޓުމްކަ ބީއެމްއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު, ޕީބީސީން ބުނީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އެ ކުންފުނީގެ ޗީފް އެކްޒެކެޓިވް އޮފިސަރު ކާލް ސްޓުމްކަ، ބުދަ ދުވަހު އައްޔަނުކޮށްފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މީގެ ކުރިން ބުނެފައިވަނީ ކާލް އަކީ ބޭންކިންގެ ދާއިރާގައި 36 އަހަރުގެ މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށެވެ. އެގޮތުން އޭނާ ދެކުނު އެފްރިކާއާއި ކުވެއިތު އަދި ސީޝެލްސްގެ ބޭންކު ތަކުގައި މަސައްކަތް ކޮށްފައިވާކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލްގެ ބޯޑަށް ކާލް އައްޔަނުކޮށްފައިވާއިރު, ބޭންކުން ދެމުންދާ ހިދުމަތާ ދޭތެރޭ އަންމުންގެ ޝަކުވާތައް މަދެއް ނުވެއެވެ. އެކައުންޓުތަކުން ފައިސާ ގެއްލުމާއި ސްކޭމްތައް މެދުވެރިކޮށް އެތައްބަޔަކަށް ބޮޑެތި ގެއްލުމާކުރިމަތިލާން ޖެހިފައިވާއިރު, އެފަދަ މައްސަލަތަކުގައި ބޭންކުން އެއްބާރުލުން ނުދޭކަމަށް ބުނެ ގިނަ ކަސްޓަމަރުން ވަނީ ޝަކުވާކޮށްފައެވެ. އަދި ފައިސާ ގެއްލުމުގެ މައްސަލަތަކުގައި ބޭންކުގެ މުވައްޒަފުން ހިމެނޭ ކަމަށްވެސް ބައެއް މީހުން ވަނީ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އަޑުއުފުލާފައެވެ. ނަމަވެސް އެކަމަށް ބޭންކުން ޖަވާބެއް ދީފައެއް ނުވެއެވެ.

މީގެ އިތުރުން ކޮންމެ މަހެއްގެ މުސާރަ ޖަމާވާ ދުވަހު ބޭންކުގެ މޯލްބައިލް ބޭންކިންގ އެޕްލިކޭޝަނަށް މައްސަލަ ދިމާވެ އެޕްލިކޭޝަން ޑައުންވުމަކީ އާންމު ކަމެކެވެ.

ހިޔާލު


ގުޅުންހުރި