ރާއްޖެސަރުކާރު

ވިޔަފާރިވެރިޔާ އުއްޗުގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

26/12/2022

ޒައިން ރަޝީދު

ޗަންޕާ މުޙައްމަދު މޫސާ (އުއްޗު)ގެ އުފަންދުވަސް ފާހަގަކުރަނީ - ފޮޓޯ: އެލީޒް


ޝެއަރ

މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ މުޙައްމަދު މޫސާ (އުއްޗު)ގެ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

އުއްޗުގެ އުފަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތްތައް އޮތީ އުއްޗު ދިރިއުޅުއްވާ އޭނާގެ ކުރެއްދޫ އައިލޭންޑް ރިސޯޓުގައެވެ.

އުފަންދުވަހުގެ ޝޯގައި އިންޑިއާގެ ލަވަކިޔުންތެރިޔާ, 15 އަހަރުގެ މުހައްމަދު ފާއިޒު ކުރީގެ ހިންދީ ލަވަތައް ހުށަހަޅައިދިނެވެ. އަދި ފާއިޒުވަނީ އުއްޗުއަށް ހާއްސަކޮށް ދިވެހި ބަހުންވެސް ލަވަކިޔާފައެވެ. ފައިޒުގެ އިތުރުން ބަންގްލަދޭޝްގެ ނަށާ ގްރޫޕަކުންވެސް ނެށުމުގެ ހަރަކާތްތައް ހުށަހަޅައިދިނެވެ.

މީގެ އިތުރުން އުއްޗުގެ ހިދުމަތްތަކާއި އޭނާ އިސްނަގައިގެން ކުރައްވާފައިވާ މުހިއްމު ކަންކަމާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅައިދިނެވެ. އަދި އެހަނދާންތައް އާކޮށް އުއްޗުގެ އާއިލާގެ ބޭފުޅުންނާއި ވިޔަފާރިތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ޝުކުރު އަދާކުރިއެވެ. އަދި މުވައްޒަފުންގެ ފަރާތުން އުއްޗުއަށް ހަދާނީ ފިލާއެއްވެސް އެރުވިއެވެ.

އުއްޗުގެ އުފަން ދުވަހުގެ ހަރަކާތްތަކުގައި އޭނާގެ ވިޔަފާރީގެ ކާމިޔާބީއާ ގުޅޭ ގޮތުން މެލޭޝިއާގެ ކެލަންޓަން ޔުނިވާސިޓީގެ ޕްރޮފެސަރ މުހައްމަދު ރަފީ ޔައުގޫބު ލިޔުނު ފޮތް އުއްޗުއަށް އެރުވިއެވެ.

ލަވައާއި ސަގާފީ ނެށުމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ބޭއްވި އުފަންދުވަހުގެ ހަރަކާތްތަކުގައި އުއްޗުގެ ބޭބެ ޗަމްޕާ ހުސައިން އަފީފާއި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުالله ޝަމާލްއާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަމްރުއާއި ސަން މީޑިއާ ގްރޫޕްގެ ސީއީއޯ އިބްރާހީމް ޚަލީލްގެ އިތުރުން ބައެއް މީޑިއާތަކުގެ ނޫސްވެރިންވެސް ބައިވެރިވިއެވެ.

ހިޔާލު


ގުޅުންހުރި