ރާއްޖެސަރުކާރު

ސައުދީ އަރަބިއްޔާއިން ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އަޅަނީ

11/03/2023

ޒައިން ރަޝީދު


ޝެއަރ

ސައުދީ އަރަބިއްޔާއިން ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އަޅަން ނިންމައިފިއެވެ.

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އިން އަޅާ ހައުސިންގ ޔުނިޓް މަޝްރޫއަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ އިއުލާންކޮށްފައެވެ. އިއުލާނުގައިވާ ގޮތުން މި މަޝްރޫއަށް ކޮންސަލްޓެންސީ ދޭން ބޭނުންވާ ފަރާތްތަކުން އެކަމުގެ ޝައުގުވެރިކަން އަންނަ މަހުގެ 26 ގެ ކުރިން ހާމަކުރަންޖެހެއެވެ.

އިއުލާނުގައިވާ ގޮތުން ކޮންސަލްޓަންސީ ފާމުން ޓެންޑަ ޑޮކިއުމަންޓާއި އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި ތަފުސީލީ ޑިޒައިން ރިވިއު ކުރުމުގެ އިތުރުން ކޮންޓްރެކްޓަރުގެ މަސައްކަތްް ސުޕަވައިޒް ކުރަން ޖެހޭނެއެވެ.

މި މަޝްރޫއުގެ ތަފުސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި