ރާއްޖެސަރުކާރު

އެޗްޑީސީއަށް ފުލެޓާއި ބިމު ކުލީގެ ގޮތުގައި ދެއްކި ފައިސާ އެޗްޑީސީގެ މުވައްޒަފަކު ވަގަށްނަގައިފި

15/03/2023

ޒައިން ރަޝީދު


ޝެއަރ

އެޗްޑީސީއަށް ފުލެޓާއި ބިމު ކުލީގެ ގޮތުގައި ދެއްކި ފައިސާ އެޗްޑީސީގެ މުވައްޒަފަކު ވަގަށްނަގައިފިއެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ވަގަށް ނެގީ އާންމުން ފްލެޓާއި ބިމު ކުއްޔަށް ދައްކާފައިވާ ފައިސާ ކަމަށެވެ. އަދި އެކަން ފަޅާއެރީ ކުއްލި ދައްކާފައިވާ މީހުންނަށް ކުލި ނުދައްކާ ކަމުގެ ނޯޓިސް ފޮނުވުމުންނެވެ. ވައްކަން ކުރި މުވައްޒަފު 200,000 ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް މައުލުމާތު ލިބެއެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީން ރަސްމީކޮށް އެއްޗެއް ނުބުނެއެވެ. ނަމަވެސް މުވައްޒަފަކު ވައްކަން ކުރިކަން އަދި އެ މައްސަލަ ބަލަމުންދާކަން އެޗްޑީސީންގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

ވައްކަންކުރިކަން ފަޅާއަރާފައިވާއިރު އިތުރު މުވައްޒަފަކު ރިޝްވަތުގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނަގައިގެން އަމިއްލަ ފަރާތަކަށް ތިލަފުށިން ބިމެއް ވަގަށް ވިއްކި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ހިޔާލު


ގުޅުންހުރި