ރާއްޖެސަރުކާރު

އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް 102.8 މިލިއަނަށް އާރުޑީސީއަށް

02/04/2023

ޒައިން ރަޝީދު


ޝެއަރ

ހއ. އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 102.8 މިލިއަން ރުފިޔާއަށެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަސައްކަތް އާރުޑީސީން 540 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ.

އިހަވަންދޫގެ މަގުތައް ތަރައްޤީކުރުމުގެ މި މަޝްރޫއުގެ ދަށުން 6.9 ކިލޯމީޓަރު މަގުގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ޔާސިރު ޙަސަންއެވެ.

ހިޔާލު


ގުޅުންހުރި