ރާއްޖެސަރުކާރު

ހިޔާ ފްލެޓްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް

14/04/2023

ޒައިން ރަޝީދު


ޝެއަރ

ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން 7 ވަނަ ޓަވަރުގެ އެޕާޓްމެންޓެއްްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެެވެ.

ނިންވާނުލާ އެއްލާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުން ހިނގި ކަމަށް ޝަކުކުރެވޭ, އަލިފާނުގެ ހާދިސާ ހިނގީ އެޕާޓްމަންޓްގެ ބެލްކަނީގައެވެ. އަލިފާން ވަނީ ނިއްވާލާފައެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މިއީ ހިޔާ ފްލެޓްގައި މި މަސް ތެރޭގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ.

މިމަހުގެ ހަ ވަނަ ދުވަހުގެ ރޭ އަލިފާނުގެ ހާދިސާއެއް ހިނގީވެސް ނިއްވާ ނުލާ އެއްލާލި ސިނގިރެޓް ފިލްޓަރެއް ބެލްކަނީގައި ހުރި ކުނިތަކެއްގައި ޖެހި ކުނީގައި ރޯވެގެން ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާލު


ގުޅުންހުރި