ރާއްޖެރައްޔިތުންގެ މަޖިލިސް

މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފަ: ރައީސް ނަޝީދު

28/04/2023

ޒައިން ރަޝީދު


ޝެއަރ

ރާއްޖެއިން ޗާގޯސް އަތޮޅު ތަކުގެ ސިޔާދަތީ ބާރު ދޫކޮށްލުމުން, މިހާރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލަ, އިޓްލޮސްއިން ރާއްޖެއާ ދެކޮޅަށް މިއަދު ހުކުމްކޮށް, ރާއްޖޭގެ އިގްތިސާދީ ސަރަހައްދުކަމަށް ކުރިން ބަލަމުންއައި ސަރަހައްދުގެ ތެރެއިން ބައެއް ހަމަހަމަ އުސޫލުން ބަހާ, އެއްބައި މޮރިޝަސްއަށް ވަނީ ދީފައެވެ. ރާއްޖޭގެ ސަރަހައްދުން 200 ނޮޓިކަލް މޭލު ނުވަތަ 44,000 އަކަ ކިލޯމީޓަރުގެ ސަަރަހައްދެއްވަނީ ގެއްލިފައެވެ.

މިކަމަށް އިޝާރަތް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ އިޓްލޮސްގެ ނިންމުން ބަލައި ނުގަތުމެވެ.

ރައީސް ނަޝީދު މި ގޮތަށް ޓުވީޓުކުރެއްވިއިރު, މިއީ ރާއްޖެއަށް ލިބުނު ކާމިޔާބެއް ނޫންކަމަށް ބުނެ, އެމްޑީޕީގެ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް ވަޒީރުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ބުނެ, ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހަށް މަރުހަބާ ކިޔަމުންނެވެ.

ސަރުކާރުން ބުނަނީ އިޓްލޮސްއިން މައްސަލަ ނިންމީ ސަރުކާރުން ބޭނުން ގޮތަށް ކަމަށެވެ. އަދި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަަރަހައްދުގެ އިން ކަނޑައެޅި ދެކުނު ސަރަހައްދުގެ ސިޔާދަތީ ބާރު ލިއްޖެކަމަށެވެ.

ސަރުކާރުން މިހެން ވިދާޅުވިިޔަސް, ރާއްޖެއިން މީގެ ކުރިން ވަކާލާތުކުރީ ރާއްޖޭގެ އީއީޒެޑްކަމަށް މީގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދު ހޯދުމަށެެވެ. އަދި އެކަން ބިނާވެފައިއޮތީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ނެތްކަމަށް ބުނެ ރާއްޖެއިން ގެންގުޅުނު މޮރިޝަސްއާ ދެކޮޅު ސިޔާސަތެވެ. ނަމަވެސް އިޓްލޮސްގައި މައްސަލަ ކުރިއަށް ދަނިކޮށް, ކުއްލިއަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވާ, ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރުއޮތްކަމަށް ރާއްޖެއިން ގަބޫލޮށް, ކުރީގެ ސިޔާސަތު ބަދަލުކުރައްވާ އެކަން އަންގަވަފައެވެ.

ސިިޔާސަތު ބަދަލުކުރިކަން ރައީސްގެ ސިޓީފުޅަށް ހަވާލާދީ މިއަދު އިޓްލޮސްއިން އިއްވި ހުކުމްގައިވެސް ބަޔާންކޮށްފައިވެއެވެ.

ހިޔާލު


ގުޅުންހުރި