ވިޔަފާރި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި

30/04/2023

ޒައިން ރަޝީދު


ޝެއަރ

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

އަގަށް ގެނައި ބަދަލާއެކު 15 ރުފިޔާ 97 ލާރިއަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަނީ 15 ރުފިޔާ 14 ލާރިއަށެވެ. އަދި 16 ރުފިޔާ 32 ލާރިއަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 15 ރުފިޔާ 70 ލާރިއަށެވެ.

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރީ ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ. އެހެންކަމުން، މިއަދުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފިއުލް ސްޓޭޝަން ތަކުން ތެޔޮ މިއަގުގައި ލިބޭނެއެވެ.

އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއެކު ތެޔޮ ވިއްކާ އަގަށް ބަދަލު ގެންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި