ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ ނިޔާވެއްޖެ

13/05/2023

ޒައިން ރަޝީދު


ޝެއަރ

މިދިޔަ ހަފްތާގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ ރޭ ނިޔާވެއްޖެއެވެ.

ހުޅުމާލޭ ނިރޮޅު މަގުގައި ހިނގި މި އެކްސިޑެންޓުގައި ޒަހަމްވެ ފަރުވާ ދެމުންދަނިކޮށް ނިޔާވީ ހދ. ނެއްލައިދޫ، އަހުމަދު ޒައިން، 20އ. އެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކޮށް ފައިވެއެވެ.

ޒައިން ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި ޒައިންގެ ބޮލަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ބޮލަށް ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާގެ ހާލު ސީރަސްވެ ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ.

ހިޔާލު


ގުޅުންހުރި