ރާއްޖެސަރުކާރު

ސީރިޔާ ހަނގުރާމައަށް ދިޔަ 5 އާއިލާއެއް ރާއްޖެ ގެނެސްފި

16/01/2024

ޒައިން ރަޝީދު


ޝެއަރ

ސީރިޔާއަށް ހަނގުރާމަ ކުރަން ދިޔަ ބައެއް ދިވެހިން ސަރުކާރުން އަނބުރާ ރާއްޖެ ގެނެސްފިއެވެ.

ސަރުކާރުން ގެނެސްފައިވަނީ ސީރިޔާއަށް ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން އެ ހަނގުރާމާގައި ބައިވެރިވުމަށްފަހު ތުރުކީގެ ރެފިއުޖީ ކޭމްޕްގައި ތިބި ބައެއް ދިވެހިންނެވެ.

މިއަދު ގެނައީ ދިވެހީންކަން ކަށަވަރުވާ 21 މީހުންނެވެ. އޭގެ ތެރޭގައި ކުޑަކުދީންނާއި އަންހެނުންވެސް ހިމެނެއެވެ. ރާއްޖެ ގެނައި މީހުން މިހާރު ތިބީ ހިންމަފުށީގައި ހަދާފައިވާ ރީއިންޓެގްރޭޝަން ސެންޓަރުގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އިހުސާން ވިދާޅުވީ ތުރުކީގެ ރެފިއުޖީ ކޭންޕުގައި ތިބި މީހުން ގެނައުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިވެސް ކުރައްވާ, އެ ޤައުމުގެ ކަމާގުޅޭ މުއައްސަސާތަކާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށެެވެ.

އެގޮތުން ތުރުކީގެ މުއައްސަސާތަކާ ގުޅިގެން ރާއްޖެއިން ޓީމެއް ތުރުކީގެ ރެފިއުޖީ ކޭންޕަށް ޒިޔާރަތްކޮށް, އެ ތަނުގައި ތިބި ދިވެހީންނަކީ ހަގީގަތުގައިވެސް ދިވެހީންތޯ ޔަޤީން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެމީހުންގެ ޑީއެންއޭ ޓެސްޓް ހަދާފައިވާ ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

ޑީއެންއޭ ޓެސްޓުތަކަށްފަހު ސަރުކާރުން ވަނީ އެމީހުން ގެނައުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސާ, ޗާޓަރު ފްލައިޓެއްގައި މިއަދު ހެނދު ތުރުކީގެ ރެފިއުޖީ ކޭންޕުގައި ތިބި ދިވެހީން ރާއްޖެ ގެނެސްފައެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މިއަދު ގެނައީ 5 އާއިލާއަކަށް ނިސްބަތްވާ މީހުންކަމަށާއި މި މީހުން ބޭތިއްބުމަށް ހަމަޖެހިފައިވަނީ ރީއިންޓެގްރޭޝަން ސެންޓަރުގައިކަމަށެވެ. އަދި އެމީހުން މުޖުތަމައަށް ނެރޭނީ ރޭހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު, ސަރުކާރުން ހަދާ އެސެސްމަންޓް ހެދުމަށްފަހު ކަމަށެވެ.

މިއަދު 21 މީހުން ރާއްޖެ ގެނެސްފައިވާއިރު އަދިވެސް 100 އަށްވުރެ ގިނަ ދިވެހީންކަމަށް ބެލެވޭ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި އެބަތިބިކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އޭގެ ތެރެއިން 90 އަށްވުރެ ގިނަ މީހުން ރާއްޖެ އަނބުރާ އަންނަން ބޭނުންވާ ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި