ވިޔަފާރި

ފަސޭހައިން ފެނަށް އޯޑަރުކުރެވޭ ގޮތަށް ތާޒާ އެޕްލިކޭޝަން ލޯންޗުކޮށްފި

16/01/2024

ޒައިން ރަޝީދު


ޝެއަރ

އައިލޭންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ވިއްކާ ތާޒާ ފެން ފަސޭހަކަމާއެކު އޯޑަރު ކުރެވޭ ގޮތަށް މޯބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފިއެވެ.

އެޕްލިކޭޝަނާއި އެކުންފުނީގެ ކޯޕަރޭޓް ވެބްސައިޓް ލޯންޗު ކޮށްދެއްވީ އައިބީއެމްގެ ޗެއަރމަން އަދި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދުއެވެ.

ތާޒާ އެޕުން ސަފޭހަކަމާއެކު އެއިބީއެމްއިން ވިއްކާ ތާޒާ ފެން އޯޑަރުކޮށްލެވޭނެއެވެ. އެގޮތުން ރިއަލްޓައިމްކޮށް އޯޑަރުކުރުމަށް ހާއްސަ ފީޗާއެއް މި އެޕްގައި ހިމަނާފައިވެއެވެ. މި ފީޗާ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ކޮންމެ ވަގުތަކުވެސް އޯޑަރުކޮށް, އަދި އޯޑަރުތަކުގެ ސްޓޭޓަސް ބަލާލެވޭނެއެވެ.

ތާޒާއެޕް އެންރޮއިޑާއި އެޕަލް ސްޓޯރުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

ތާޒާ އެޕާއިން ވެބްސައިޓް ލޯންޗުކޮށް ދެއްވުމަށްފަހު ޗެއަރމަން ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ މި މަސައްކަތަކީ ކުންފުނިން ދޭ ހިދުމަތްތައް ފެސޭހަ އަދި އަވަހަށް ރައްޔިތުންނަށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މުހިއްމު ކަމެއް ކަމަށެވެ. އަދި އައިބީއެމްއާއި އެމްޑަބްލިއުއެސްސީން މިހާރު ބޭނުން ކުރާ ޕްލާސްޓިކްގެ މިންވަރު މަދުކޮށް, ފެން ބިއްލޫރި ފުޅީގައި ބަންދުކުރުމަށް މަސައްކަތް ކުރަމުންދާކަން މަތީން ފާހަގަކުރެއްވިއެވެ.

އައިލޭންޑް ބެވަރޭޖަސް މޯލްޑިވްސްއަކީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. އަދި އައިބީއެމްއިން ތާޒާގެ ނަމުގައި ފެން ބަންދުކޮށް ވިއްކަން ފެށީ 2002 ވަނަ އަހަރުގައެވެ. ތާޒާ ފެނަކީ ބައިނައިލްއަގުވާމީ މިންގަނޑަށް ތައްޔާރުކޮށް, ފޯރުކޮށްދޭ އެކުންފުނީގެ ގިނަ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑަކްޓެކެވެ.

ހިޔާލު


ގުޅުންހުރި