ރާއްޖެސަރުކާރު

މާލެއާއި ރަސްމާލެ ގުޅުވާލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން، އެމަސައްކަތް މިހާރު ކުރިއަށް އެބަދޭ: ރައީސުލްޖުމްހޫރިއްޔާ

23/01/2024

ޒައިން ރަޝީދު


ޝެއަރ

މާލެ އާއި ރަސްމާލެ ގުޅުވާލާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި މޭޔަރާއި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަސްމާލޭ އަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ހިއްކައިގެން ތަރައްޤީކުރާ ސިޓީއެކެވެ. ބިން ހިއްކުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާއިރު, މި ސިޓީ ތަރައްޤީ ކުރަނީ މޯލްޑިވްސް އީކޯ ސިޓީގެ ގޮތުގައެވެ. މި ސިޓީގައި ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

އަދި ރަސްމާލެ ތަރައްޤީކޮށް ނިމޭއިރު އެތަން ވާނީ ތިމާވެއްޓާއި ރަށްޓެހި، ފެހިކަން ގަދަ، އިކޯ ސިޓީއަކަށެވެ. އަދި، ރަސްމާލެ ބައިނަލްއަޤުވާމީ މައިދާނުގައި ބްރޭންޑް ކުރުމަށް ނިންމާފައިވަނީ، މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައެވެ.

ހިޔާލު


ގުޅުންހުރި