ރާއްޖެސަރުކާރު

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެމަގާމުތަކަށް އައްޔަނުކުރައްވައިފި

29/01/2024

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުން އަލުން އެ މަގާމްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވައިފިއެވެ.

ރުހުން ނުދޭން ފާސްކުރި 3 ވަޒީރުންނަކީ އެޓަރނީ ޖެނެރަލްގެ މަޤާމަށް އައްޔަނުކުރެއްވި އަޙްމަދު އުޝާމްއާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމަށް އައްޔަނު ކުރެއްވި މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޢަލީ ޙައިދަރު އަޙްމަދަރެވެ.

މަޖިލީހުން މި ތިން ވަޒީރުންނަށް ރުހުން ނެތްކަމަށް ފާސްކުރުމާއެކު މި ތިން ބޭފުޅުން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލުން އެ ބޭފުޅުން އެ މަޤާމްތަކަށް މިއަދު އައްޔަނު ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންޑާރަނައިބު އަލުން ޖޭއެސްސީގެ މެންބަރުކަމަށްވެސް އައްޔަނުކުރައްވާފައެވެ.

މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރޭޓްސްގައެވެ. އަދި މި ދެ ޕާޓީން ވަނީ މަޖިލީހުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާ, ބައެއް ވަޒީރުންނަށް ރުހުން ނުދޭ ތްރީލައިން ވިޕެއް ނެރެފައެވެ.

އިދިކޮޅުން ބައެއް ވަޒީރުންނަށް ރުހުން ނުދިނުމުން ސަރުކާރުން ހިންގާ ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ރުހުން ދޭން ދައުރުން ބޭރުން ބޭއްވި ޖަލްސާ ހުއްޓުވުމަށްވެސް ސަރުކާރުން ހިންގާ ޕާޓީތަކުން މަސައްކަތް ކުރިއެެވެ.

ހިޔާލު


ގުޅުންހުރި