މަޖިލިސް 2024

ދަ ޑިމޮކްރޭޓްސްގެ ޓިކެޓް ފިރުޝާން އާއި ސައިފް ކަށަވަރު ކޮށްފި

03/02/2024

ޒައިން ރަޝީދު


ޝެއަރ

ރައްޔިތުންގެ މަޖިލީހުުގެ އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ދަ ޑިކޮމްރޭޓްސްގެ ޕްރައިމަރީ ކާމިޔާބުކޮށް ހުސައިން ފިރުޝާން އާއި މުޙައްމަދު ސައިފް ފާތިހް ޓިކެޓް ކާމިޔާބުކޮށްފިއެވެ.

މަޑަވެލީ ދާއިރާގެ މިހާރުގެ މެންބަރު ހުސައިން ފިރުޝާން ވާދަކުރެއްވީ ހުޅުމާލޭ ދެކުނު ދާއިރާއަށެވެ. އޭނާ ޓިކެޓް ކާމިޔާބު ކުރީ 74 ވޯޓުންނެވެ. އެ ދާއިރާއަށް ދެން ވާދަކުރި ޙަސަން އަޤީލްއަށް ލިބުނީ 27 ވޯޓެވެ. އަދި މުޙައްމަދު ފައިސަލްއަށް ލިބުނީ 26 ވޯޓެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށްވެސް ވާދަކުރެއްވި މުޙައްމަދު ސައިފް ފާތިޙް ވާދަކުރެއްވީ ހެންވޭރު ދެކުނު ދާއިރާއަށެވެ. އޭނާ ޓިކެޓް ކާމިޔާބު ކުރެއްވީ 15 ވޯޓުންނެވެ. އޭނާއާ ވަދަކުރެއްވި އަހުމަދު އަސްވާން ނުޢުމާން އަށް ލިބުނީ 12 ވޯޓެެވެ.

ދަ ޑިމޮކްރޭޓްސް އިން ޕްރައިމަރީ ބޭއްވީ 2 ދާއިރާއެއްގައެވެ. މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރުމަށް ދަ ޑިމޮކްރޭޓްސް އިން ހުޅުވާލި ނަމަވެސް ޓިކެޓް ހޯދަން ކުރިމަތިލާފައިވަނީ 41 ދާއިރާއަކުންނެވެ. މީގެ ތެރެއިން 39 ދާއިރާއަށް އިތުރު ކެންޑިޑޭޓަރު ކުރިމަތިލާފައިނުވާތީ އެދާއިރާތަކުގެ ޓިކެޓް ވަނީ ޕްރައިމަރީއަކާނުލާ ކަށަވަރު ވެފައެވެ.

ހިޔާލު


ގުޅުންހުރި