ވިޔަފާރި

އެލައިޑް ރޯދަ ޕްރޮމޯޝަން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެ

09/04/2024

ޒައިން ރަޝީދު


ޝެއަރ

އެލައިޑް އިންޝުއަރަންސް ކުންފުނިން ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަނާއި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވާނެއެވެ.

ރޯދަ ޕްރޮމޯޝަނުގައި ގޭގައި ގެންގުޅޭ އަގުހުރި މުދަލަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އިސްލާމިކް އިންޝުއަރަންސް ޕްލޭން؛ ހިޔާވަހީގެ ޕްލޭން ހިމެނެއެވެ. އަހަރަކަށް 600 ރުފިޔާ ދައްކައިގެން 6 ލައްކަ ފަންސާސްހާސް ރުފިޔާއާއި ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ރޯދަމަހު ނަންގަވާ ކޮންމެ ބޭފުޅަކަށް ޕްލޭނަކާ އެއް އަގުގެ ގިފްޓް ޕެކެއް ދިނުމަށް ވަނީ ނިންމާފައެވެ.

އެލައިޑްގެ މި ޕްލޭން އޮންލައިންކޮށް އެލައިޑްގެ ވެބްސައިޓް myallied.mv އަދި އެލައިޑް މޮބައިލް އެޕްލިކޭޝަނުން ވަގުތުން ނެގޭނެއެވެ. މިއީ ގޭގައި ގެންގުޅޭ އަގު ބޮޑު މުދާ ރައްކާތެރިކުރުމާއި އެތަކެއްޗަށް ގެއްލުމެއް ލިބޭ ހާލަތުގައި ބަދަލު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން މިޕްލޭން މެދުވެރިކޮށް ކަވަރޭޖް ލިބޭ ތަކެތީގައި ތެރޭގައި އޭސީ، އައިސް އަލަމާރި، ދޮންނަ މެޝިން، ބަދިގޭގެ ސާމާނު ފަދަ ތަކެތި ހިމެނެއެވެ. މިތަކެއްޗަށް ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުން އަދި ފެން ހޮޅި ފަޅައިގެންގޮސް ފެނުން ލިބޭ ގެއްލުން ފަދަ ކަންކަން ހިމެނޭ ކަމަށް އެލައިޑުން މަޢުލޫމާތު ދެއެވެ.

ހިޔާވަހީގެ ލަގްޒަރީ ޕްލޭންނަގާ ފަރާތްތަކަށް ދޭ ގިފްޓް, ޕްލޭ ނަގާތާ 1 މަސްތެރޭގައި އެލައިޑް ކަސްޓަަމަރ ފްރޮންޓް އޮފީހުން ރެޑީމް ކުރުމުގެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން މި ރަމަޟާން މަހު ކުޑަކުދިންނަށް ޚާއްސަކޮށްގެން އެލަައިޑުން ފޭސްބުކްގައި ކުރިއަށް ގެންދާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތުވެސް މިރޭ 12:00 ގައި ހަމަވާނެއެވެ. މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހޭޝްޓެގް ޖެހުމަށްފަހު މިރޭ 12 ގެ ކުރިން މަދަހަ ޕޯސްޓް ކުރެވޭނެއެވެ.

މަދަހަ މުބާރާތަކީ 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މުބާރާތެކެވެ. މަދަހަ ރިކޯޑް ކުރުމަށްފަހު AlliedMadhaha# ހޭޝްޓެގް ޖެހުމަށްފަހު ވީޑިއޯ ޕޯސްޓް ކުރަންޖެހެނީ ބެލެނިވެރިޔާގެ ހުއްދަޔާއެކު ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓުގައި ޕަބްލިކަށް ފެންނާނެ ގޮތަށެވެ. މިމުބާރާތަށް ހުށަހަޅާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ކުއްޖަކަށް އައިޕެޑެއް ލިބޭނެއެވެ.

މި މުބާރާތުގައި މިހާރުވެސް ވަރަށް ގިނަ ކުދީން ބައިވެރިވެ ވީޑިއޯ ޕޯސްޓްކުރަމުންދާކަން އެލައިޑުން ފާހަގަކުރެއެވެ. އަދި އެކުދީންގެ ވީޑިއޯތައް އެލައިޑް ފޭސްބުކް ޕޭޖުގައިވަނީ ޝެއާކޮށްފައެވެ.

ހިޔާލު


ގުޅުންހުރި