ރާއްޖެސަރުކާރު

އައްޑޫގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

13/04/2024

ޒައިން ރަޝީދު


ޝެއަރ

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ, އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ޠަޢާމު މުޙައްމަދު އެވެ.

މި މަޝްރޫޢުގެ ދަށުން ސ.ހިތަދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 2000 ޓަނުގެ 3 ތާންގީ އާއި 1000 ޓަނުގެ 3 ތާންގީ އާއި އެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW100 ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެއެވެ.

މީގެ އިތުރުން، ސ.ހުޅުމީދޫގައި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ 3 ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW75 ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން ހިމެނެއެވެ.

އަދި ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ސ.މަރަދޫ، ސ.މަރަދޫ-ފޭދޫ އަދި ސ.ފޭދޫގައި ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ 4 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި ހަމަ މިޔާއި އެކު، މި މަޝްރޫޢުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕެއަރ ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އައްޑޫސިޓީގައި ޤާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 282 މިލިޔަން ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ 365 ދުވަހުގެ (1 އަހަރުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހިޔާލު


ގުޅުންހުރި