ރާއްޖެސަރުކާރު

އެމްޑަބްލިއުއެސްސީން 'ފެނުން ދިރުން'ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް

08/06/2024

ޒައިން ރަޝީދު


ޝެއަރ

ދުނިޔެގޭ ތިމާވެށީގެ ދުވަހާއި، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ފެނުގެ ދިރުންގެ ނަމުގައި އެމްޑަބްލިއުއެސްސީން ވަނީ ކުރެހުމުގެ މުބާރާތެއް އިއުލާންކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދު ވިދާޅުވީ 'ފެނުން ދިރުން' ގެ ނަމުގައި ކުރިއަށް ގެންދާ މުބާރާތް މުހިއްމު ހަރަކާތަކަށް ވާނެކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުރެހުންތެރިންނަށް ހުޅުވާލާ ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކަނޑުތަކުގެ ދުވަހާއި، ތިމާވެށީގެ ދުވަހާއި ގުޅުވައި ބާއްވާ މި މުބާރާތުގެ ކުރެހުންތަކުގެ މައުރަޒެއް މިނިވަން ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ބޭނުމަކީ ފެނާއި ދިރިހުރުމުގެ ގުޅުން ދައްކުވައިދިނުމެވެ. އަދި ފެނުން ދިރުން ގެނެސްދޭ ގޮތާއި، ކަނޑާއި ވެށި އަދި ހަލްގު ކުރި ކޮންމެ އެއްޗެއް ވެސް ދިރިހުރުމަށް ބޭނުންތެރި އެއްޗެއްކަން ދައްކުވައިދިނުމެވެ. އެމްޑަބްލިއުއެސްސީން ހުޅުވާލާފައި ވަނީ ކޮންމެ އާޓިސްޓަކަށް ވެސް ފެނުން ދިރުން ސިފަވާގޮތް މާނަވީ ގޮތަކަށް ގެނެސްދީ އެހެން މީހުންނާ ހިއްސާކޮށްދިނުމެވެ.

މި މުބާރާތް އިންސާފުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ނެޝަނަލް ސެންޓަރ އޮފް އާޓްސްއާއި، ޔޫތް މިނިސްޓްރީ ކަނޑައަޅާފައިވާ ހާއްސަ ޕެނަލްއަކުންނެވެ.

މުބާރާތުގެ ތިންވަނައަށް ދާ ފަރާތަކަށް 15،000 ރުފިޔާ އަދި ދެވަނައަށް ދާ ފަރާތަކަށް 35،000 ރުފިޔާ އަދި އެއްވަނައަށް ދާ ފަރާތަކަށް 50،000 ރުފިޔާ ލިބިގެންދާނެ އެވެ. މިއާއި އެކު މައުރަޒަށް ދާ ފަރާތްތަކުގެ މެދުގައި ވޯޓެއް ނެގުމަށް ފަހު ޕީޕަލްސް ޗޮއިސް އެވޯޑު ދިނުމަށް ހަމަޖެހިފައި ވެއެވެ. އަދި އެންމެ ގިނަ އާންމުން އިހުތިޔާރު ކުރާ ފަސް އާޓީސްޓުން ފާހަގަކުރެވިގެންދާނެ އެވެ.

ހިޔާލު


ގުޅުންހުރި