ރާއްޖެސަރުކާރު

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހާއްސަ ޖަލްސާ ހޮނިހިރު ދުވަހު

03/10/2024

މުޙައްމަދު ޛިހާން ޒުބައިރު


ޝެއަރ

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. މި ޖަލްސާ އޮންނަނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ. މި ދުވަސް ކޮންމެ އަހަރަކު ފާހަގަ ކުރަމުން އަންނަނީ ރާއްޖޭއަށް ފުރަތަމަ ހިދާޔަތުގެ އަލިކަން ފެތުރުނު ދުވަހުގެ ގޮތުގައެވެ.

ތާރީޙުގެ ފަތްފުއްތަކުން އެނގޭ ގޮތުގައި އިސްލާމްދީނުގެ މަތިވެރި ހިދާޔަތު އަލިކަން ދިވެހިރާއްޖެއަށް ފެތުރިގެން ދިޔައީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއައްވަލު މަހުގެ 2 ވަނަ ދުވަހުގައެވެ. އެއީ މީލާދީއިން 1153 ވަނަ އަހަރެވެ.

އަދި އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނައުމުގެ އެންމެ ބޮޑު މޭސްތެރިއަކީ މަޣްރިބު ކަރައިގެ ބޭފުޅެއް ކަމަށްވާ އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީއެވެ.

ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި, ރާއްޖެ އިސްލާމްވީ އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީ, އޭރުގެ ރާއްޖޭގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެ ރަސްގެފާނު އިސްލާމް ދީން ގަބޫލުކުރެއްވުމުންނެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ޖަލްސާގައި ހާފިޡްކަމުގެ ސަނަދު ހާސިލްކުރި 28 ހާފިޡުންނަށް ރަައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، މެޑައްޔާއި އަދި ހަނދާނީ ފިލާ ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމަތު ދެއްވައެވެ.

ހިޔާލު


ގުޅުންހުރި