ރާއްޖެސަރުކާރު

އާމިނަތު ޙުސައިން ޝަރީފް ފިޝަރީޒް މިނިސްޓްރީއަށް, ނަމްޒާ ޔޫތް މިނިސްޓްރީއަށް ބަދަލުކޮށްފި

04/10/2024

މުޙައްމަދު ޛިހާން ޒުބައިރު


ޝެއަރ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމްގައި ހުންނެވި އާމިނަތު ޙުސައިން ޝަރީފް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށް, ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާމިނަތު ނަމްޒާ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ޑިއުޕީޓީ މިނިސްޓަރަކަށް ބަދަލުކޮށްފިއެވެ.

ސަރުކާރު އާމިނަތު ހުސައިން އާއި ނަމްޒާ ދެ ވަޒުރާއަކަށް ބަދަލުކޮށްފައި މި ވަނީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދާ ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވަނިކޮށެވެ.

އެގޮތުން އެ މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމް އަދާކުރެއްވި އައިޝަތު ޝޫޒާ ވަނީ އޭނާއާއި އިތުރު މުވައްޒަފުންތަކާމެދު ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާފައެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ. އަދި ޖެންޑާ މިނިސްޓްރީގެ އިސް ފަރާތްތަކުން މުވައްޒަފުންނާ މެދު ތަފާތު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް އޭނާ ތުހުމަތުކޮށްފައިވެއެވެ.

ޝޫޒާ އިތުރަށް ބުނެފައިވަނީ އޭނާ މަގާމުން ވަކިކޮށްފައިވަނީ އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ކަމަށާއި، މަގާމުން ވަކިކުރި ސަބަބު ބަޔާންކުރުމަށް އެޕޮއިންޓުމަންޓު ހުށަހެޅުމުން ވެސް އެޕޮއިންޓްމަންޓެއްވެސް ދީފައި ނުވާކަމަށް އޭނާ ބުނެއެވެ.

މިއީ މި ސަރުކާރުގެ ވުޒާރާއެއްގެ އިސްބޭފުޅުންތަކަކާ މެދު ހިތްހަމަނުޖެހިގެން މުވައްޒަފުން ޝަކުވާ ހުށަހެޅި ދެވަނަ މިނިސްޓްރީއެވެ. މީގެ ކުރިން މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީ ހިމެނޭ ގޮތަށް އެތަނުގެ އިސްވެރިން މުވައްޒަފުންނާ މެދު ތަފާތުކުރާކަމަށް ތުހުމަތުކޮށް އެތަނުގެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް ސިވިލް ސާވިސްއަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.

ހިޔާލު


ގުޅުންހުރި