ރާއްޖެސަރުކާރު

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކޮށްފި

02/02/2025

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރިކަން މިރޭ ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އާންމުކޮށްފައެވެ. ވަޖީހުގެ ބޭފުޅެއްކަމަށްވާ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަހުމަދު ހިޝާމް ވަޖީހު ކައިވެނިކޮށްގެން އުޅެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުއްاللهގެ އަންހެން ބޭފުޅަކާއެެވެ.

ވަޖީހު މަގާމުން މި ވަކިކުރީ އަބްދުއްރަހީމްގެ ދަރިކަލުން ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް މަގާމުން ވަކިކުރިތާ 5 ދުވަސް ފަހުންނެވެ. ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ހިޔާލު


ގުޅުންހުރި