ރާއްޖެސަރުކާރު
ސްޓެލްކޯ މެކޭނިކަލް ޓްރޭނިންގ ސެންޓަރުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ
26/01/2025
ޒައިން ރަޝީދު
ޝެއަރ
ކ. ތުލުސްދޫގައި ސްޓެލްކޯއިން އިމާރާތް ކުރަމުންދާ މެކޭނިކަލް ޓްރޭނިންގ ސެންޓަރުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެވެ.
ސްޓެލްކޯއިން ކުރިއަށް ގެންދާ މި މަޝްރޫޢަކީ ފަރުމާއާއި ޑިޒައިން ކުރުމުން ފެށިގެން މަސައްކަތް ނިންމުމާ ހަމައަށް ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން ފެނިގެންދާ މަޝްރޫއުއެކެވެ. މި އިމާރާތް ޑިޒައިންކޮށް އިމާރާތުގެ މަސައްކަތް ކުރަމުންދަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ. އޭގެ ސަބަބުން މަޝްރޫޢުގެ އަގު 75 ޕަސެންޓް ކުޑަކަމަށް ސެޓެލްކޯއިން ބުނެއެވެ.
މި މަޝްރޫއުގައި މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ފެނިގެންދާ މަޝްރޫއެއްކަމަށެވެ. އެގޮތުން މުވައްޒަފުންގެ މަސައްކަތަށް ފަހުމީ ވަނީ ތަޢުރީފުކުރައްވާފައެވެ.
"މި ފެސިލިޓީ ހެދުމުގެ މަސައްކަތް، ޑިޒައިންކުރުމާއިއެކު ކޮންސެޕްޝަނުން ފެށިގެން އެގްޒެކެޝަންއާ ހަމައަށް، ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންދަނީ ސްޓެލްކޯގެ މުވައްޒަފުންނެވެ." ފަހުމީ ވިދާޅުވިއެވެ.
މި މަޝްރޫއަށް 10 މިލިއަން ދާނެކަމަށް ލާފާކުރެވުނު ނަމަވެސް، މަޝްރޫއުގެ މަސައްކަތް ސްޓެލްކޯ މުވައްޒަފުން ކުރަމުންދާތީ މަޝްރޫއަށް މިހާރު ހަރަދުވާނެކަމަށް ބެލެވެނީ އެ އަދަދުގެ ހަތަރުބައިކުޅައެއްބަޔަށް ވުރެވެސް މަދު އަދަދެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހިޔާލު
ގުޅުންހުރި