ރާއްޖެސަރުކާރު
ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފި
02/02/2025
ޒައިން ރަޝީދު
ޝެއަރ
މާލޭ ހުކުރު މިސްކިތާއި މިސްކިތު ގޯތިތެރެ އަދި މުންނާރާއި މެދުޒިޔާރަތުގެ އާބާތުރަފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް، ސްޓެލްކޯއާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ގުޅިގެން މިއަދު ފަށައިފިއެވެ.
މިއީ އަންނަ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތާއި އެމިސްކިތުގެ ގޯތިތެރޭގައި ހުރި ތަންތަނާއި މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ނިންމައި، ރޯދަ މަހަށް އެސަރަޙައްދު ޒީނަތްތެރިކޮށް ނިންމުމަށް ހަމަޖެހިފައިވާކަމަށެވެ.
ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަކީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މިއަހަރުގެ މަސައްކަތުގެ ތެރޭގައި މުންނާރުގެ އިތުރުން ހުކުރު މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި މެދު ޒިޔާރަތުގައި ހުރި އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.
ސްޓެލްކޯ އިން މީގެ ކުރިންވެސް ވަނީ މިފަދަ މަސައްކަތްތައް ކޮށްފައެވެ. އެގޮތުން އިސްލާމީ މަރުކަޒުގެ ފަންވާރު ބިނާ ކުރުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ސްޓެލްކޯއިންނެވެ.
ހިޔާލު
ގުޅުންހުރި