ރާއްޖެސަރުކާރު

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ހިނގާލުން: ސިފައިންގެ އެކިއެކި ދާއިރާތަކުން ބައިވެރިވެ، އަލަށް ގެނައި އުޅަނދުތައްވެސް ދައްކާލި

19/04/2025

ޒައިން ރަޝީދު


ޝެއަރ

ސިފައިންގެ 133 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ބޭއްވި މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ބައްލަވާލައްވައިފި އެވެ.

މިއަދު ހަވީރު، ބަންޑާރަކޮށިން ފެއްޓި މަގުމަތީ ހިނގާލުމުގައި ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް މަޑުކުރުމުން، އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.

މާލޭގެ ވަކި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު ފަސް ސަރަޙައްދެއްގައި މަޑުކޮށް، އަސްކަރީ ބޭންޑުން ރާގުތައް ކުޅެފައިވެއެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދީފައިވެއެވެ.

ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ސިފައިންގެ ޚިދުމަތް ފައްޓަވާފައިވަނީ 21 އެޕްރިލް 1892 ގައެވެ.

ހިޔާލު


ގުޅުންހުރި