ރާއްޖެސަރުކާރު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު އިސްތިއުފާ ދެއްވައިފި
26/04/2025
ޒައިން ރަޝީދު
ޝެއަރ
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުން ޢަލީ ޝުޖާޢު، އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުޖާޢުގެ އިސްތިއުފާ ޤަބޫލުފުޅުކުރައްވާފައެވެ.
ޝުޖާޢު އިސްތިއުފާ މިދެއްވީ، މިދިޔަ ހަފްތާގައި އިމާރާތުން ވެއްޓުނު ހައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ބުނެ މާލޭގައި މުޒާހަރާކޮށް، އޭނާގެ އިސްތިއުފާއަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
ޝުޖާޢު އިސްތިއުފާ ދެއްވުމާއެކު، ފުލުހުންގެ އިދާރާ ހިންގެވުން ޑެޕިއުޓީ ކޮމިޝަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ވަނީ ހަވާލުކޮށްފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ޢަލީ ޝުޖާޢު އައްޔަންކުރެެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އަލީ ޝުޖާޢު ވަނީ ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ. ކޮމިޝަނަރ އޮފް ޕޮލިސްކަމުގެ މަޤާމަށް ވަޑައިގެންނެވުމުގެ ކުރިން ޝުޖާޢު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އަދި ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައިވެސް ޝުޖާއު މަސައްކަތްކުރެއްވިއެވެ.
ހިޔާލު
ގުޅުންހުރި