ވިޔަފާރި

ކަމަނަ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފި، ފުރަތަމަ މަހުގެ ޕޭމަންޓު އަދިވެސް ހިލޭ

02/05/2025

ޒައިން ރަޝީދު


ޝެއަރ

އެލައިޑު އިސްލާމިކް ވިންޑޯއިން ފެށި ކަމަނަ ޕްލޭންގެ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ.

މާރިޗުމަހުން ފެށިގެން އެލައިޑު އިސްލާމިކް ވިންޑޯއިން ކުރިޔަށްގެންދާ ކަމަނަ ޕްލޭންގެ ޕްރޮމޯޝަން އޮތީ އޭޕްރިލު މަހުގެ ނިޔަލަށެވެ. ނަމަވެސް އާންމުންގެ ފަރާތުން ލިބެމުން އައި ތަރުހީބާއި އެކު އެލައިޑް އިސްލާމިކް ވިންޑޯއިން ވަނީ މި ފެށޭ މެއި މަހުގެ ނިޔަލަށް ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފައެވެ.

އެހެންކަމުން ކަމަނަ ޕްލޭން ނަންގަވާ ކޮންމެ މީހެއްގެ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން %100 ޑިސްކައުންޓް ލިބޭ އޮފަރ އަދިވެސް ކުރިޔަށްދާނެކަމަށް އެލައިޑުން ބުނެއެވެ.

ކަމަނަ ޕްލޭނަކީ އަންހެނުންނަން ޚާއްޞަ މާލީ ރައްކާތެރިކަމެއް ޔަގީންކޮށްދިނުމުގެ މަގުސަދުގައި ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އެގޮތުން މާލީގޮތުން ދުރާލާ ތައްޔާރުވުމަށް އެހީވެދޭ މި ޕްލޭނުން ފޯރުކޮށްދޭ ކަވަރޭޖްތަކުގެ ތެރޭގައި ފުރާނައަށް ގެއްލުން ހުރި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން، 3 އަހަރުން 1 ފަހަރު ހިލޭ ކެންސަރ (އަންހެނުންނަށް ޚާއްޞަ ތިން ބާވަތުގެ ކެންސަރ) ސްކްރީނިންގ ހެދޭނެ މަގު ފަހިކޮށްދިނުމާއި އެކްސިޑެންޓެއް ދިމާވެގެން ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން، އަދި ޕްލޭންގެ މުއްދަތުގެ ތެރޭގައި ނިޔާވެއްޖެނަމަ އާއިލާއަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެއެވެ.

މީގެ އިތުރުންވެސް މިޕްލޭންގެ އެންމެ ޚާއްޞަ ސިފައަކީ ކުރިން ބުނެދިޔަ ހާލަތްތަކުގައި މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްފަހުވެސް، މި ޕްލޭން ކުރިޔަށްދާ އުސޫލު ކަނޑައެޅިފައިވުމެވެ. ނަތީޖާއެއް ގޮތުން، މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހި، ޕްލޭނުގެ މުއްދަތު ފުރިހަމަވަންދެން ޕްލޭން ކުރިޔަށްދިޔުމާއި އެކު، އެމުއްދަތުގައި ލިބޭ އިމަރޖެންސީ ފަންޑުވެސް ލިބޭނެ ގޮތް ވަނީ ފަހިވެފައެވެ. އެއަށްފަހު، ޕްލޭނުގެ މުއްދަތު ހަމަވުމުން ގަނޑުކޮށް ފައިސާ ލިބޭނީ އެއްކުރެވިފައިވާ ފައިސާއާއި އެއަށް ލިބިފައިވާ ފައިދާއާއި ވެސް އެކުގައެވެ.

ކަމަނަ ޕްލޭނާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން ދަނީ އެކި އޮފީސްތަކާއި މުއައްސަސާތަކަށްވެސް މައުލޫމާތު ސެޝަން ރާވާ ހިންގާދެމުންނެވެ. އެގޮތުން، މިފަދަ އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްތަކުން ހޮޓްލައިން ނަމްބަރ 1600އަށް ގުޅުއްވުމަށް އެލައިޑް އިސްލާމިކް ވިންޑޯއިން އެދެއެވެ.

ހިޔާލު


ގުޅުންހުރި