ރާއްޖެސަރުކާރު
"މިނިވަންކަމާ ބޮޑަށް ގުޅިފައި އޮތީ އައްޑޫ އާ، ރައީސް ނާސިރު މިނިވަން ދުވަސް މާރިޗު 29 އަށް ބަދަލުކުރެއްވި"
29/07/2025
ޒައިން ރަޝީދު
ޝެއަރ
މިނިވަން ދުވަސް ފާހަގަކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ މިނިސްޓަރ ޢަބްދުالله ކަމާލުއްދީން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން އެންމެ ބޮޑަށް ގުޅިފައި އޮތީ އައްޑު އަތޮޅާކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ މިނިވަންކަމުގެ ވާހަކަތައް ފެށިގެން އައީ އައްޑޫގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. ކަމާލުއްދީން އިޝާރަތްކުރެއްވި އޭރު ރާއްޖޭގެ ދެކުނުގެ 3 އަތޮޅުގައި ވަކި ދައުލަތެއް ހެދުމަށް ކުރި މަސައްކަތެވެ. އިނގިރޭސިންގެ އެއްބާރުލުމާއެކު ކުރި އެ މަސައްކަތް ނާކާމިޔާބުކޮށް އެކަމުގައި ބައިވެރިވި މީހުން ހައްޔަރުކުރީ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ.
މީގެ އިތުރުން ޢަބްދުالله ކަމާލުއްދީން ވިދާޅުވީ ރައީސް އިބްރާހީމް ނާސިރު ރާއްޖޭގެ މިނިވަން ދުވަސް 29 މާރިޗުއަށް ބަދަލުކުރެއްވި ކަމަށެވެ. އެގޮތުން ބަދަލުކުރެއްވީ 29 މާރިޗު 1976 އަކީ ގަމުގައި ތިބި އިނގިރޭސި ސިފައިން ގަމުން ފައިބައިގެން ދިޔަ ދުވަހެވެ. އެހެން ކަމުން ނަސިރު ގަބޫލުކުރެއްވި ގޮތުގައި ފުރިހަމަ މިނިވަންކަން ލިބުނީ ސިފައިން ފައިބައިގެން ދިއުމާއެކުއެވެ. މިނިވަން ދުވަސް މާރިޗު 29 ބަދަލުކުރެއްވި އެހެންވެގެންކަން ކަމާލުއްދީން ފާހަގަކުރެއްވިއެވެ.
ހިޔާލު
ގުޅުންހުރި