ރާއްޖެސަރުކާރު
ރައީސުލްޖުމްހޫރިއްޔާ ގަތަރުގެ އަމީރުއާ ބައްދަލުކުރައްވައިފި
15/09/2025
ޒައިން ރަޝީދު
ޝެއަރ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އަލް ޘާނީއާ ބައްދަލުކުރައްވައިފިއެވެ.
ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޤަޠަރަށް ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ބައްދަލްވުމުގައި ދާދިފަހުން އިސްރާއީލުން ގަތަރަށް ދިން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ކުށްވެރި ކުރެއްވި ކަަމަށެވެ. އަދި ރާއްޖެ އޮތީ ގަތަރާއެކު ކަން ހާމަކުރެއްވި ކަމަށެވެ. އަދި ސުލްހައާ ހަމަޖެހުން ދެމެހެއްޓުމުގައި ގަތަރުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަ ކުރެއްވި ކަމަށެވެ.
މީގެ އިތުުރުން އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓަކަށް ގޮވާލާ ގަތަރުން ދައްކަމުންދާ ލީޑަޝިޕަށް ތައުރީފު ކުރައްވާ ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގަތަރު ދެމިއޮތް އޮތުން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ގިނަ ދާއިރާތަކުން ރާއްޖެއަށް ގަތަރުގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
ހިޔާލު
ގުޅުންހުރި