ރާއްޖެސަރުކާރު

ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ އައު ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

22/10/2025

ޒައިން ރަޝީދު


ޝެއަރ

އެމްޑަބްލިޔުއެސްސީން ލ. ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ އައު ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢުގެ މަސައްކަތްތައް ފައްޓަވާދެއްވާފައިވަނީ، ލ.ގަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް

އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އާއި ލ.ގަމު ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނަޝީދު އާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ

ޑިރެކްޓަރ އަލްފާޟިލް އަބްދުލް މަތީން މުޙައްމަދު އަދި ލ. ގަމުގެ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޒަކީއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންގެ އިތުރުން، ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ. ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ މައި

ނެޓްވޯރކް ޤާއިމްކުރުމާއި، ޕަންޕިން ލައިން އާއި ސީ އައުޓް ފޯލް އެޅުމާއި، ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބަރގެ މަސައްކަތްތައް ހިމެނެއެވެ.

އަދިގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ

އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 36.53

މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ރައްޔިތުންނަށް ރައްކާތެރި

ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.

ހިޔާލު


ގުޅުންހުރި