ރާއްޖެސަރުކާރު

އެމްބިއުލާންސްގެ ހިދުމަތް އެހެން ހަރުފަތަކަށް، 56 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށް އިތުރު 31 ރަށަކަށް އެމްބިއުލާންސް ގެންނަނީ

17/01/2026

ޒައިން ރަޝީދު


ޝެއަރ

އެންބިއުލަންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތުގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 56 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިއެވެ.

ސަރުކާރުން އެމްޕީއެލްއާ ހަވާލުކޮށްގެން ގެނައި އެމްބިއުލާންސްތައް ރަށްރަށާ ހަވާލުކުރީ މިރޭ ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހެލްތް ޢަބްދުالله ނާޒިމް އިބްރާހީމްއެވެ.

މިއީ އަތޮޅުތެރޭގެ ސިއްހީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި ޞިއްޙީމަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދި އެމްބިއުލާންސް ތަކެކެވެ. އެގޮތުން މިވަގުތު އެމްބިއުލަންސްގެ ޚިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 56 އެމްބިއުލަންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ މިދިޔަ 2025 ވަނަ އަހަރުގައެވެ.

65.3 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓުގެ ދަށުން ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މިހިނގާ ޖަނަވަރީ މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ދިވެރާއްޖެ ގެނެސްފައެވެ.

މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސްތަކަކާއި، ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް ޚިދުމަތް ފެށޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

ހިޔާލު


ގުޅުންހުރި