ރާއްޖެސަރުކާރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު

05/04/2026

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މ.ގުލްބަހާރުގެ، އަޙްމަދު މުޙައްމަދު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އަޙްމަދު މުޙައްމަދު ޢައްޔަންކުރެއްވި އިރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 1995 ވަނަ އަހަރުއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެކި ބަހާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރޭގައި، އޯގަނައިޒޭޝަނަލް ރިފޯމް އެންޑް ޑިވަލޮޕްމަންޓް، ހުޅުމާލެ ޕޮލިސް ސްޓޭޝަން އަދި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑު ފަދަ ބަހާތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ހިޔާލު


ގުޅުންހުރި