ރާއްޖެސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޢުމްރާގެ އަޅުކަމަށްފަހު މާލެ ވަޑައިގަތުން
11/04/2026
ޒައިން ރަޝީދު

ޝެއަރ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މިހިނގާ އެޕްރީލު މަހުގެ 6 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖެއްސެވީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
ހިޔާލު
ގުޅުންހުރި