ރާއްޖެއިދިކޮޅު

އިންޓަނެޓު އަގު ހެޔޮކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް - މަލީހް

17/04/2021

Admin

ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު


ޝެއަރ

އިންޓަނެޓު އަގު ހެޔޮކުރުމުގެ ވިސްނުމެއް މިސަރުކާރުގައި ނެތް ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހު ޖަލާމު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވީ އިންޓަނެޓު އަގުހެޔޮކުރުމަށް, އެ ޚިދުމަތްދޭ އޮޕަރޭޓަރުން އެއްބަސްކުރުވި ކަމަށާއި ނަމަވެސް ސަރުކާރުން އެކަން ނުކުރީކަމަށެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އެކަން ނުކުރީ އެނާއަކީ އެމްޑީޕީގެ ވަޒީރަކަށް ނުވީމައެވެ. އިންޓަނެޓު އަގު ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞޯހިލުގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުން ބުނަމުންދަނީ އިންޓަނެޓު އަގު ހެޔޮކުރާނެކަމަށެވެ.

އިންޓެނެޓުގެ އަގު ވާހަކަ އަނެއްކާވެސް ދެކެވުނީ, އިންޓަނެޓު އަގު ހެޔޮކުރުމަށް ސަރުކާރުން ވި ވަޢުދު ފުއްދާފައިވާ މޭރުމަކުން ސައިންސް އެންޑް ކޮމިއުނިކޭޝަންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިހު މީޑިއާގައި ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މީޑިއާގައި ވާހަކަ ދައްކަވަމުން އަލީ ސޯލިހް ވިދާޅުވީ އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި 5 ރުފިޔާއަށް 1 ޖީބީ ޑޭޓާ ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި