ރާއްޖެސަރުކާރު

އިންޓަނެޓުގެ ހެޔޮ އަގުތައް އިއުލާންކޮށްފި

27/05/2021

Admin


ޝެއަރ

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އިންޓަނެޓު އަގުހެޔޮ ކުރުމުގެ ވަޢުދުގެ ދަށުން އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާން ކޮށްފިއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އިވެންޓެގައި އަގުތައް އިއުލާން ކޮށްފައިވާއިރު މިހާރުގެ އަގުން 20 ޕަސެންޓުގެ ދަށްވެފައިވާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވިއެވެ. މިއަދު އިއުލާން ކުރި އަގުތަކައް ބަލާލާއިރު ރާއްޖޭގެ އެންމެ ދަށް އިންޓަނެޓް ސްޕީޑަކީ 2 އެމްބީޕީއެސް ކަމަށް ކަނޑައަޅާ, ގޭގައި ބޭނުންކުރާ ފިކްސްޑް ބްރޯޑްބޭންޑުގެ 3 ޕެކޭޖެއްވަނީ ތަޢާރަފް ކޮށްފައެވެ.

މިއަދު އިއުލާންކުރި ހެޔޮ އަގުތައް


ފުރަތަމަ 250 ރުފިޔާގެ ޕެކޭޖުގައި 30 ޖީބީ އާއެކު 5 އެމްބީޕީއެސްގެ ސްޕީޑް ލިބޭއިރު, ޑޭޓާ ލިމިޓް ހަމަވުމުން އެންމެ ދަށް ސްޕީޑެއްގެ ގޮތުގައި 2 އެމްބީޕީއެސްގެ ލިބޭނެއެވެ. 500 ރުފިޔާގެ ޕެކޭޖުގައި 100 ޖީބީ އާއެކު 15 އެމްބީޕީއެސްގެ ސްޕީޑް ލިބޭއިރު, ޑޭޓާ ލިމިޓް ހަމަވުމުން އެންމެ ދަށް ސްޕީޑެއްގެ ގޮތުގައި 5 އެމްބީޕީއެސްގެ ލިބޭނެއެވެ. 700 ރުފިޔާގެ ޕެކޭޖުގައި 200 ޖީބީ އާއެކު 25 އެމްބީޕީއެސްގެ ސްޕީޑް ލިބޭއިރު, ޑޭޓާ ލިމިޓް ހަމަވުމުން އެންމެ ދަށް ސްޕީޑެއްގެ ގޮތުގައި 5 އެމްބީޕީއެސްގެ ލިބޭނެއެވެ.

މީގެ އިތުރުން މޯބައިލް އިންޓަނެޓުގެ އަގުން 20 ޕަސެންޓު ވަނީ އަގު ހެޔޮކޮށް ފައެވެ.

މިއަދު އިންޓަނެޓުގެ އަގަށް ގެނައި ބަލަށް އަމަލު ކުރަން ފަށާނީ 1 ޖުލައި 2021 އިން ފެށިގެންނެވެ. އަދި މޯބައިލް އިންޓަނެޓުގެ ޕެކޭޖުތަކަށް ބަދަލު އަންނާނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ހިޔާލު


ގުޅުންހުރި