ރާއްޖެ

ރޭޕް ކޭސްގައި ތުހުމަތުކުރެވޭ ޓީޗަރު ސަސްޕެންޑް ކޮށްފި

21/04/2021

Admin

މަޑުއްވަރީ ސްކޫލްގެ ޓީޗަރު މުއީން ޙަސަން


ޝެއަރ

ރ. އަތޮޅު މަޑުއްވަރީގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތު ކުރެވޭ އެ ރަށު ސްކޫލުގެ ޓީޗަރ މުޢީން ޙަސަން މަޤާމުން ސަސްޕެންޑު ކޮށްފިއެވެ.

އޭނާ ސަސްޕެންޑު ކުރީ ސްކޫލާއި ބެލެނިވެރިންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާފައިވަނިކޮށެވެ. މުއީންގެ މައްޗަށް ތުހުމަތު ކުރެވެނީ މަޑުއްވަރީ ރޭޕްކޭސްގައި ބައިވެރިވުމުގެ ތުހުމަތެވެ. އެ ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ރޭޕް ކުރި އަންހެން ކުއްޖާ ގެސްޓު ހައުސްއަށް ގެންދިޔައީ މުއީންއެވެ.

މުއީންއަކީ ރޭޕް ކުރި އަންހެން ކުއްޖާގެ އިތުރުން އެރަށުގެ މަތީ ގްރޭޑްތަކަށް ކިޔަވައި ދެމުންދާ ޓީޗަރެކެވެ.

މަޑުއްވަރީ ރޭޕް ކޭސްގައި މުއީންގެ އިތުރުން ފުލުހަކު ހިމެނޭ ކަމަށްވެސް ތުހުމަތު ކުރެއެވެ. ނަމަވެސް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ބުނީ އެ މައްސަލައިގެ ފުލުހެއްގެ ބައިވެރިވުން ނެތްކަމަށެވެ. އަދި މިހާތަނަށް މި މައްސަލައިގަ އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި