ރާއްޖެސަރުކާރު

ބާރަ ދާއިރާއެއްގައި އަލުން ވޯޓުލާން ނިންމައިފި

24/04/2021

Admin


ޝެއަރ

މިމަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން, އަލުން 12 ދާއިރާއެއްގައި ބާއްވާގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

މީޑީއާއަށް ދެއްވި އިންޓަވިއު އެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އަލުން ވޯޓުލާން ނިންމާފައިވަނީ ވޯޓު ހައްޤުނުވާ ފަރާތްތަކުން ވޯޓުލާފައިވާ ދެ ރަށެއްގައާއި ވޯޓު އެއްވަރުވި 10 ދާއިރާއެއްގައެވެ. ދާއިރާއިން ބޭރު ބަޔަކު ވޯޓުލީކަން ފަހަގަ ކުރެވިގެން އަލުން ވޯޓުލާން ނިންމާފައިވަނީ ތ. ގާދިއްފުއްޓާއި ލ. މާވަށުގައެވެ.

ވޯޓުގެ ނަތީޖާ އެއްވަރު ވެގެން ކައުންސިލަރުން ހޮވުމަށް އަލުން ވޯޓުލާން ނިންމާފައިވަނީ ހއ. ތަކަންދޫއާއި ފ. ދަރަނބޫދޫއާއި މ. ރަތްމަންދޫ އަދި ބ.ކިހާދޫ ގައެވެ. އަދި ހަ ދާއިރާއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ނަތީޖާވެސް ވަނީ އެއްވަރުވެފައެވެ.

އަލަށް ހޮވުނު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހުވާކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެތެރޭގައެވެ.

ހިޔާލު


ގުޅުންހުރި