ރާއްޖެ

ވައްކަމުގެ މައްސަލައެއްގައި ލަވަ ކިޔުންތެރިޔާ އާދިލް ހޯދަނީ

28/04/2021

Admin

ލަވަ ކިޔުންތެރިޔާ އާދިލް ހޯދަން އިއުލާންކޮށްފަ - ފޮޓޯ: ޕޮލިސް


ޝެއަރ

ވައްކަމުގެ މައްސަލައެއްގައި ސިމްބޮލިކް ރިކޯޑްސްގެ ލަވަ ކިޔުންތެރިޔާ އަޙްމަދު ޢާދިލް (އެޑިލް) ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

އޭނާ ހޯދަމުންދަނީ ފުވައްމުލަކުގެ އަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގާފައިވާ ކަމުގެ ތުހުމަތުގައެވެ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ މިމައްސަލައާ ގުޅިގެން، ޏ. ފުވައްމުލައް، ގެރަދޫގެ، އަޙްމަދު އާދިލް (26އ) އާ ގުޅޭ އެއްވެސް މާއުލޫމާތެއް އެނގޭނަމަ އެކަން ފުލުހުންގެ ނަންބަރު ( 9792803 ) އަށް އެންގުމަށް ފުލުުހުން އެދެއެވެ.

އާދިލްގެ އެންމެ ބޮޑަށް ފެނިގެން ދިޔައީ ސިމްބޮލިކް ރެކޯޑްސްއާ ފުލުހުން ގުޅިގެން ނެރުނު ވީޑިއޯ ލަވަ "އުދުހިފާ" އިންނެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުމާއި އެހެން ކުށްތަކާ ޒުވާނުން ދުރުކުމަށް ހޭލުންތެރިކުރުވުމަށް ހެދި ލަވައެވެ.

އާދިލް ހޯދަމުން ދާއިރު، ސިމްބޮލިކް ރިކޯޑްސްގެ ލަވަ ކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ވަނީ މަސްތުވާތެކެތީގެ މައްސަލައެއް ގައި ހައްޔަރުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ދައުލަތުންވަނީ އުފުލާފައެވެ.

ހިޔާލު


ގުޅުންހުރި