ރާއްޖެ

ފާއިތުވި 24 ގަޑިއިރަކީ އުނދަގޫ އިހުސާސްތަކެއް ކުރެވުނު ވަގުތެއް: އަސްރާ

20/05/2021

Admin


ޝެއަރ

ފާއިތުވި 24 ގަޑި އިރަކީ އުނދަގޫ އިހުސާސްތަކެއް ކުރެވުނު ވަގުތު ކޮޅެއް ކަމަށާއި މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ހީވެސް ނުކުރާކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ އަނބިކަނބަލުން އަސްރާ ނަސީމް ވިދާޅުވެއްޖެއެވެ.

އަސްރާއަށް އީސަ ގެވެށި އަނިޔާ ކުރިކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނިކޮށް އަސްރާ އޭނާގެ ފޭސްބުކުގައި ލިޔުއްވާފައިވަނީ އޭނާއާއި ދަރިފުޅަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ކަމަށެވެ. އަދި ދުވަހަކުވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އީސަ އޭނާގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާކޮށް, 2 އަހަރުގެ ތުއްތު ދަރިފުޅު ބެލްކަނީން އެއްލާލަން މަސައްކަތް ކުރިކަމަށް އަވައްޓެރިންވަނީ މަޢުލޫމާތު ދީފައެވެ. އަދި ގެވެށި އަނިޔާކުރާ އަޑު އިވިގެން ފުލުހުން ގެނެސް, ފުލުހުންގެ އެހީތެރިކަމާއެކު އަސްރާވަނީ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.

މެންބަރު އިސައަކީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުޤައްރިރެވެ. އޭނާ މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލަމުން ދާއިރު, ކޮމިޓީގެ މުޤައްރިރު ކަމުން ވަކިކުރުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ހިޔާލު


ގުޅުންހުރި